އައިފޯން ހައެއް، އެސް ނިކުތީ މާބޮޑު ބަދަލް ތަކެއް ނެތިއެވެ. ފޯސް ޓަޗް ހިމެނޭނެ ކަމަށް ބެލެވުނަސް ލިބިގެން ދިޔައީ 3ޑީ ޓަޗެވެ. އައިފޯން ހައެއްގެ ސިފަޔަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. އެތެރޭގެ ހާރޑްވެއަރ ކޮންމެވެސް ވަރަކަށް ބަދަލް ވިޔަސް ބޭރަށް ފެންނަނީ ހަމަ އައިފޯން ހައެއްގެ ސިފާގައެވެ.
އެހެން ކަމުން އައިފޯން ހަތެއްގެ ސިފަ އަނެއްކާވެސް ބަދަލު ކުރަން މިވަނީ ފައި ވިއްދާފައެވެ. އެގޮތުން ފޯނު ތުނި ކުރާނެ ކަން މިވަނީ ޔަޤީންވެފައެވެ. އެކަން ކުރުމަށް، ހެޑްފޯން ގުލުމަށް އިންނަ 3.5 އެމް.އެމް ގެ ޕޯރޓް ދެން ނިކުންނަ އައިފޯން ހަތެއްގައި ނުހިމެނޭނެއެވެ. އޭގެ ބަދަލްގައި މިހާރު ފޯނު ޗާރޖު ކުރަން ބޭނުން ކުރާ ޕޯރޓުން ހެޑްސެޓް ވެސް ބޭނުން ކުރެވޭނެއެވެ.
ދެން ނިކުންނަ އައިފޯން ހަތެއް ބޮޑައް ހާއްސަވާނީ ބުލޫޓޫތު ހެޑްސެޓް ތަކަށެވެ. ނުވަތަ ބޮަޑައް ބާރު އަޅާނީ ވަރަލެސް ހެޑްސެޓް ބޭނުން ކުރުމަށެވެ. ހެޑްސެޓް ގުޅާ 3.5 އެމް.އެމްގެ ޕޯރޓް ދޫކޮށްލުމުގެ އަނެއް ސިއްރަކީ ދެން ނިކުންނަ އައިފޯނަކީ އެއްވެސް ވަރަކަށް ފެން ނުވަންނަ ފޯނަކަށް ހެދުމެވެ. މިހާރު ބޭނުން ކުރަމުން މިދާ އައިފޯން ހަޔެއް އެސް އަކީ ވެސް 98% ފެން ނުވަންނަ ފޯނެކެވެ. އެ ވާހަކަ އެޕަލް ކުންފުނިން އިއުލާން ކޮށްފަ ނުވަނީ ފޯނަށް ދޭންޖެހޭ އެއް އަހަރުދުވަހުގެ ވޮރެންޓީގެ ސަބަބުންޏެވެ.
އެހެން ނަމަވެސް ދެން ނިކުންނަ އައިފޯން ވެގެން ދާނީ ރަސްމީކޮން ފެންނުވަންނަ ފޯނަކަށެވެ. އަދި މީގެ އިތުރުންވެސް ގިނަ ޖާދޫ ތަކެއް ދައްކާނެ ފޯނެއް ކަމަށް އައިފޯންގެ ހަބަރުތައް ގެނެސްދޭ މެކްރޫމާސް އަދި އެންގެޒެޓް ފަދަ ވެބް ސައިޓް ތަކުން މިހާރުވެސް ދަނީ ބުނަމުންޏެވެ.
ދެން އޮތީ އަންނަ އަހަރު މެދެއްހާ ހިސާބުގައި ނެރޭނެ ކަމަށް ބުނާ އައިފޯން ހަތެއް ލިބޭނެ އިރަކަށް އިންތިޒާރް ކުރުމެވެ. އެޕަލް ކުންފުނީގެ ފޮނިކަމުން އެމީހުން ނެރޭ އެއްވެސް އައު ފޯނެއް އަދި އެހެން އާލާތެއްގެ މައުލޫމާތެއްވެސް ކުރިޔަކުން އިއުލާނު ކުރުމެއްނޯވެއެވެ. ހަމަ އެކަނި ކުރާހާވެސް ކަމަކީ އަމިއްލައަށް ކޮންމެވެސް މޮޅުވާހަކަ އެއް ލީކު ކޮށްލުމެވެ. އައިފޯން ހައެއް އެސްގެ ގިނަ ފޯން ތައް ހިފައިގެން އުޅުމެކޭ އައިފޯން ހައެއް ގެންގުޅުމެކޭ ތަފާތެއް ނެތެވެ. އެހެން ކަމުން ސަޅިދައްކާލުމަށް އައިފޯން ހައެއް، އެސް ގަނެގެން އުޅޭ ގިނަ ބަޔަކު ދަނީ އައިފޯން ހަތެއް ނިކުންނާނެ އިރަކަށް އިންތިޒާރު ކުރަމުންޏެވެ.