ފެނަކަ ކޯޕްރޭޝަން

ކުރެންދޫ އަދި މޮޅަދޫގައި އާ އިންޖީނުގެ ހުޅުވައިފި

Sep 14, 2022

ޅ. ކުރެންދޫ އާއި ހއ. މޮޅަދޫގައި ބޭނުންކުރަމުން އައި ބާއިންޖީނުގެތައް ނިންވައިލުމަށްފަހު އާ އިންޖީނުގެތައް ހުޅުވައިފި އެވެ.

ފެނަކަ އިން މައުލޫމާތު ދިން ގޮތުގައި ކުރެންދޫގައި ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ އަކީ 18 އަހަރުވެފައިވާ ތަނެކެވެ. އެތަން ނިއްވައިލުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު އެރަށުގައި ވަނީ އާ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފަ އެވެ.

ފެނެކައިން ބުނީ މޮޅަދޫގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ވެސް ނިއްވާލައިފައިވާ ކަމަށެވެ. އެރަށުގައި ގާއިމްކުރި އާ އިންޖީނުގެއިން ވެސް ކަރަންޓު ދޭން ފަށައިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި އިންޖީނުގެތައް ހުންނާތީ އާންމުންނަށް ވަރަށް އުނދަގޫވެ އެވެ. އެގޮތުން ބޯ ދުންތައް އެރުމާއި، އަޑުގަދަ ވުމުގެ ސަބަބުން އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެ އެވެ. ފެނަކައިން އަންނަނީ އެކަންކަން ހައްލުކޮށް، އެފަދަ ރަށްރަށުގައި އާ އިންޖީނުގެތައް ގާއިމްކުރަމުންނެވެ.