ވިލާ އެއާ

ރެޑްބޮކްސްގެ ކާގޯ ވިލާ އެއާ އިން ޑެލިވާކޮށްދެނީ

Sep 14, 2022

ރެޑްބޮކްސްގެ ކާގޯ އާއި އެކްސްޕްރެސް ތަކެތި ޑެލިވަރީކޮށްދިނުމަށް ވިލާ އެއާ އިން ނިންމައިފި އެވެ.

ކަމާ ގުޅޭ އެއްބަސްވުމުގައި ވިލާ އެއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު އެވެ. ރެޑްބޮކްސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފާއިޒެވެ.

ވލާ އެއާ އަކީ ބ. ދަރަވަންދޫއާއި އދ. މާމިގިލި އެއާޕޯޓަށް ދަތުރުކުރާ އެއާލައިނެވެ. މި ދެ އަތޮޅުގެ އިތުރުން ރ. އަތޮޅަށް ވެސް ރެޑްބޮކްސްގެ ކާގޯ އާއި އެކްސްޕްރެސް ތަކެތި ޑެލިވާ ކޮށްދިނުމަށް ވިލާ އެއާ އިން ވަނީ ނިންމާފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރެޑްބޮކްސްގެ ކާގޯ އާއި އެކްސްޕްރެސް ތަކެތި ކުރު މުއްދަތެއްގައި ޑެލިވަރީ ކޮށްދޭނެ ކަމަށް ވިލާ އެއާ އިން ބުނެ އެވެ.

ރެޑްބޮކްސް އިން ގެންދަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މުދާ ޑެލިވާ ކޮށްދެމުންނެވެ. އަދި ރާއްޖެއިން ބޭރުން މުދާ ގެނެސްގެން ވެސް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެ އެވެ.