އަލިފާން

އަލިފާން ރޯވެ ގެއަކަށް ގެއްލުންތަކެއް ލިބިއްޖެ

މާލޭގެ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ޒަމާނީ މަންޒިލްގޭގައެވެ.

ސިފައިން ބުނި ގޮތުގައި އެހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިއަދު 14:45 ހާއިރުއެވެ. އަލިފާން ނިއްވާލުމަށް ކުރި މަސައްކަތުން، އަލިފާން ނިއްވާލެވުނީ މިއަދު 15:13 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ އެ ހާދިސާ ހިނގި ކަމަށް ބެލެވެނީ ޒަމާނީ މަންޒިލްގޭގެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއިން ތިންވަނަ ފަންގިފިލާއަށް ގުޅާފައި ހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސާކެޓް ބޯޑެއްގައި ރޯވެގެންނެވެ.

އަލިފާނުގެ އެ ހާދިސާގައި ގޭގެ ކޭބަލްތަކާއި، އިލެކްޓްރިކް ސާކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.