އޮބިޗުއަރީ

ޑރ. އަބްދުﷲ ވަހީދު އަވަހާރަވެއްޖެ

Sep 20, 2022

ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޑރ. އަބްދުﷲ ވަހީދު އަވަހާރަވެއްޖެ އެވެ.

ޑރ. ވަހީދު މިއަދު އަވަހާރަވީ އައިޖީއެމްއެޗްގައި ނިއުމޯނިއާގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންވަނިކޮށެވެ.

މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ވަހީދު ކުރިން މަސައްކަތް ކުރެއްވި ނަމަވެސް ސްޓްރޯކެއް ޖެހިވަޑައިގެންނެވި ފަހުން މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރައްވަ އެވެ.

ޑރ. ވަހީދު އެންމެ ފަހުން އަދާކުރެއްވި ދައުލަތުގެ ވަޒީފާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު ކަމެވެ.

އުމުރުން 65 އަހަރުގައި ޑރ. ވަހީދު ނިޔާވިއިރު އޭނާ ގެންދެވީ ދިވެހި ބަހާއި ތާރީހާ ގުޅޭ ލިޔުންތައް ލިޔުއްވާ އެ ދާއިރާ އިން ބައެއް ދިރާސާތައް ކުރައްވަމުންނެވެ.