މޯލްޑިވްސް ޕޮލިސް ސާވިސް

ބަރަހަނާ ފޮޓޯ އާންމުކުރި މީހާ އެއް އަހަރަށް ޖަލަށް

Sep 22, 2022

އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރި މުހައްމަދު ނަބީލް (ޔާޔާ) އެއް އަހަރާއި އެއް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަމިއްލަ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނަބީލް އާންމުކުރީ ޓިކްޓޮކާއި ޓްވިޓާގަ އެވެ.

މިމައްސަލައިގައި ދައުލަތުން ނަބީލްގެ މައްޗަށް އުފުލީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އޮރިޔާން ކާޑު ހެދުމުގެ ދައުވާ އެވެ.

ނަބީލް އަށް އެއް އަހަރުގެ ހުކުމެއް ކުރީ އޮރިޔާން ކާޑު ހެދުމުގެ ކުށުގަ އެވެ. އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.

ދައުވާތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އެހެންވެ ކޯޓުން މައްސަލަ ނިންމީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާގެ މައްޗަށެެވެ.