އާސަންދަ

އާސަންދައިގެ އެމްޑީކަމަށް ބޭފުޅަކު އައްޔަންކޮށްފި

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އިސްމާއީލް އައްޒާމް ވަޖީހު އައްޔަންކޮށްފި އެވެ.

އިސްމާއީލް އައްޒާމް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު އެވެ.

އައްޒާމް ވަނީ މީގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯކަމުގެ މަގާމު ފުރުއްވާފައެވެ.

އެންސްޕާގެ ސީއީއޯކަމުގެ މަގާމަށް އިސްމާއީލް އައްޔަންކުރެއްވީ ނޮވެމްބަރު 2017 ގައެވެ.

އާސަންދަ ކުންފުނީގެ އެމްޑީ ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވީ މަރިޔަމް ޝަފީގެވެ. މަރިޔަމް ޝަފީގް އެ މަގާމަށް އައްޔަންކުރެއްވީ މާޗް 2019 ގައެވެ.

އާސަންދަ ކުންފުނިން ވަނީ އެމްޑީ ކަމުގެ މަގާމުގައި ހުންނަވައިގެން މަރިޔަމް ޝަފީގު ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މަރިޔަމް ޝަފީގު ކުރިން ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމަށް އަލުން އޭނާ ވަނީ އައްޔަންކޮށްފަ އެވެ.