އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ފެއާ ބާއްވައިފި

Sep 23, 2022

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިންތިޒާމު ކުރި ހިއުމަން ރައިޓްސް ފެއާ މިއަދު ބާއްވައިފި އެވެ.

ހުޅުމާލޭގެ ސެންޓަރަލް ޕާކުގައި ފެއާ ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

މިފެއާގައި އެޗްއާރްސީއެމްގެ އިތުރުން ޖުމްލަ 19 ފަރާތަކުން ބައިވެރިވި އެވެ. މީގެ ތެރޭގައި ޖެންޑާ މިނިސްޓްރީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ހޮރައިޒަން ފިޝަރީޒް، ދިރާގު އަދި އުރީދޫގެ އިތުރުން އެހެން ބައެއް އިދާރާތަކާއި ކުންފުނިތަކާއި ބައެއް އަމިއްލަ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.

މި ފެއާ ކުރިއަށް ދިޔައިރު ޒުވާނުންނާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މީގެ ތެރޭގައި ރޮބޯމޭން އާއި، ކޮމީޑިއަން ހަމީޝްގެ ހެއްވާ މަޖާ ވާހަކަތަކާއި އަދި މަޝްހޫރު ބޮޑުބެރު ގުރޫޕް ދަންމާނުގެ ފޯރިގަދަ ހުށައެޅުންތައް ކުރިއަށް ގެންދިޔަ އެވެ.