މޯލްޑިވްސް ޕޮލިސް ސާވިސް

އޭޓީއެމްތަކުން ވަގަށް ފައިސާ ނެގި ބަޔަކު ހޯދަނީ

Sep 25, 2022
2

އޭޓީއެމްތަކުން ވަގަށް ފައިސާ ނަގަމުން ދިޔަ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުން މިއަދު ވަނީ އޭޓީއެމްތަކުން ވަގަށް ފައިސާ ނަގާ ކަމަށް ތުހުމަތުކުރެވޭ ބައެއްގެ ވީޑިއޯ އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ ވީޑިއޯތަކުން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ތަހުގީގަށް ހޯދަން ބޭނުންވާ ބައެއް ކަމަށެވެ.

ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ވީޑިއޯ އިން ފެންނަނީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ވަނީ މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އޮތް ނަމަ އެ މައުލޫމާތެއް ލަސްނުކޮށް ހިއްސާކުރުމަށްވެސް އެދިފަ އެވެ.