ފޮރިން މިނިސްޓްރީ

މަލާވީއާ އެކު ހާރިޖީ ގުޅުން ގާއިމުކޮށްފި

Sep 26, 2022

އެފްރިކާގެ ގައުމެއް ކަމުގައިވާ މަލާވީއާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.

ރާއްޖެއާ މަލާވީއާ ގުޅުން ގާއިމުކުރީ ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކަމާގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މަލާވީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ނެންސީ ޓެންބޯ އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމު ކުރާ ގައުމުތަކާ އެކު ސިޔާސީ ގުޅުން ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެކެވެ.

ދެކުނު އިރުމަތީ އެފްރިކާގައި ވަށައިގެން ބެދިފައި އޮތް ގައުމެއް ކަމަށްވާ މަލާވީ އަކީ 18.6 މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ.

މަލާވީ އަކީ ރާއްޖެއިން ހާރިޖީ ގުުޅުން ގާއިމުކުރި 182 ވަނަ ގައުމެވެ.