ރިޕޯޓް

ކުލިކް ކޮލެޖް: އަހަރުގެ ފުރަތަމަ ސެމިސްޓާއަށް ތައްޔާރު!

ދިރާސީ އާއަހަރަކަށް، އާ ސެމިސްޓަރ އަކަށް ކުލިކް ކޮލެޖުން ކުރިމަތިލާފައި ވަނީ 2015 ވަނަ އަހަރުގެ ވަރަށް ކާމިޔާބު ދެ ސެމިސްޓަރ އަކަށް ފަހުއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ސެމިސްޓަރ އިން ލިބުނު ތަޖުރިބާގެ އަލީގައި 2015 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ ވެގެން ގޮސްފައިވަނީ ކޮލެޖުގެ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ހުރިހާ ލަނޑުދަނޑިތަކެއް އެ ކޮލެޖުގެ މުވައްޒަފުންގެ މިންނެތް މަސައްކަތުން ފޯރުކޮށްދީ، ކޮލެޖުގެ މާހައުލަކީ ކޮލެޖެއްގެ ދަރިވަރުންނަށް ކޮލެޖަކުން ލިބިގެންދާނެ އެންމެފުރިހަމަ "ތައުލީމީ މާހައުލެއް" ކަމުގައި ވެގެން ކަމަށް އެ ކޮލެޖުން ބުނެއެވެ.

އެކަޑެމިކް ލަނޑުދަނޑިތައް ހާސިލުކުރުން

ކޮލެޖެއްގެ ދަރިވަރަކަށް އެންމެ މުހިންމު އެއް ބަޔަކީ އަދި ކޮލެޖެއްގެ ނަތީޖާ ރަނގަޅު ވެގެން ދިއުމުގެ އެންމެ މުހިއްމު އެއް ރޯލެއް އަދާ ކުރާ ބަޔަކީ ލެކްޗަރާއިންނަށް ވުމާއި އެކު މި ފަހަރު ކުލިކް ކޮލެޖުން އެންމެ އިސްކަމެއް ދީގެން ކޮށްފައިވާ އެއްކަމަކީ ދަރިވަރުންނަށް އެ ދަރިވަރުން ހިތްހަމަޖެހޭ ، އެމާއްދާއަކަށް އެކަށީގެންވާ ގާބިލް ލެކްޗަރާއިން ހޯދުން ކަމަށް ކޮލެޖުން މައުލޫމާތުދެއެވެ.

ކުލިކްއިން ބުނީ، ކުލާސްތަކަށް ޒިޔާރަތްކޮށް ލެކްޗަރާއިންގެ ފަރާތުން ކުދިންނަށް ދޭހަވާ މިންވަރާއި އިތުރަށް ލެކްޗަރާއިންގެ ފަރާތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވާ، އެ ކަންކަމަށް ވީ އެންމެ އަވަހަކަށް އަމަލުކުރެވިގެން ދިޔަ އެއް ސެމިސްޓަރ އަށް މިދިޔަ ސެމިސްޓަރ ވެގެންދިޔަކަން ފާހަގަކޮށްލެވޭ ކަމަށެވެ. އޭގެ އިތުރުން ކިޔަވައިދިނުމަށާއި ކިޔެވުމަށް ބޭނުންވާނެ، ކޮލެޖަކުން ފޯރު ކޮށްދެންޖެހޭ ހުރިހާ ވަސީލަތެއްވެސް ވީއެންމެ އަވަހަކަށް ފޯރުކޮށް ދެވިފައިވާކަންވެސް ކޮލެޖުން ވަނީ ފާހަގަކޮށްފައެވެ.

ނަތީޖާއެގެ ގޮތުން އެ ކޮލެޖުގެ ޑިގްރީ ޕްރޮގްރާމް (ހެރިޔޮޓް-ވޮޓް ޔުނިވަރސިޓީ ޑިގްރީ ޕްރޮގްރާމްގެ) ގެ ދަރިވަރުންގެ ފާސް ރޭޓްގެ %90 އިންސަންތަ ހާސިލް ކުރެވިގެންދިޔައެވެ. މި އަދަދަކީ 35 ގައުމެއްގެ 10500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ހެރިޔޮޓް-ވޮޓްގެ ކުދިން ފާސްވާ އިންސައްތަކަމަށް ވާ %50 އިންސަތައާ އަޅާ ބަލާއިރު އެކޮލެޖަށް ލިބިގެން ދިޔަ ފަހުރުވެރި ކާމިޔާބީ އެއްކަން އެ ކޮލެޖުން ފާހަގަކުރެއެވެ.

އޭގެ އިތުރުން ކުލިކް ކޮލެޖަކީ މިހާރު އިނގިރޭސިވިލާތުގެ އެސޯސިއެޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭބީއީ) އެންމެ ގިނަދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދާ ކޮލެޖެވެ. އަދި 2015 ވަނަ އަހަރު ދުނިޔޭގެ އެތައް އޭ.ބީ.އީ ދަރިވަރުންނާއި ވާދަކޮށް އެ ކޮލެޖުގެ ދަރިވަރަކު ވަނީ ޓޮޕް ޕޭޕަރ ޕްރައިޒް ހާސިލް ކޮށްފައެވެ. މިކަމަކީ ކޮލެޖުން ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކަން އަންގައިދޭ ކަމަކަށް ވާއިރު، މިހާތަނަށް މިކޮލެޖުގެ 37 ދަރިވަރަކު ވަނީ އޭ.ބީ.އީ. ގެ ޓޮޕް ޕޭޕަރ ޕްރައިޒް ހޯދާ ދުނިޔޭގެ ފެންވަރުގައި ކޮލެޖްގެ ނަން ފަވާލާފައިވާ ކަންވެސް ކޮލެޖުން ފާހަގަކުރެއެވެ.

ސްޓޫޑެންޓް އެކްސްޕީރިއަންސް

ކޮލެޖްގެ ކިޔެވުމަކީ ވަރަށް ބޮޑަށް އަމަލީ ތަޖުރިބާއާ ގުޅިފައިވާ ކަމަކަށްވާއިރު ހަމައެކަނި ކޮލެޖުގެ މާހައުލުން ލިބިދޭ ތަޖުރިބާގެ އިތުރުން ދަރިވަރުންގެ އަމަލީ އަދި އިލްމީ ހުނަރު ދައްކައިލުމުގެ އެކި އެކި ފުރުސަތު ތައް ހޯދައިދީ އަދި ޢަމަލީ ތަޖުރިބާ (ކިޔަވަމުންދާ ކޯހަކާ ގުޅޭ ދާއިރާއަކުން) ހޯދައިދިނުމަކީ ކްލިކް ކޮލެޖުން އަބަދުވެސް ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށް އެ ކޮލެޖުން ބުނެއެވެ.

އެގޮތުން 2015 ވަނަ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ އެއްހަރަކާތަކީ އެ ކޮލެޖުގެ އެކިއެކި ކޯސްތަކުން 45 ދަރިވަރަކު ދުބާއީ އަށް ކުރެވުނު ހަތް ދުވަހުގެ "ލާރނިންގ އެކްސްޕެޑިޝަން" އެވެ. މިދަތުރުގައި މިދަރިވަރުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގިނަ ވިޔަފާރި މަރުކަޒު ތަކަކަށް (ފެރާރީ ވޯލް، އެމަލް/ އަލްމެނިއަމް، ޗެނަލް ފައިވް ފަދަ މަރުކަޒުތަކަށް)އަދި ހެރިޔޮޓް-ވަޓްގެ ދުބާއީ ކެމްޕަސް އަށް ވަނީ ޒިޔާރަތް ކޮށް އަމަލީ ތަޖުރިބާ ހޯދާފައެވެ.

މީގެއިތުރުން ވެސް ކޮންމެ ސެމިސްޓަރ އެއްގައިވެސް އެ ކޮލެޖުގެ ދަރިވަރުންގެ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ "ހޭބޯނާރާ ސެމިސްޓަރ 2" މި ދިޔަ ސެމިސްޓަރގައި ވެސް ވަނީ ކ.ތުލުސްދޫގައި ކުރިއަށް ގެންގޮސްފައެވެ. އަދި 13 ވަނަ ކުލިކް ކޮލެޖް ފުޓްސަލް މުބާރާތްވެސް ވަނީ ވަރަށް ކާމިޔާބާއި އެކު ކުރިއަށް ގެންގޮސްފައި ވާއިރު އިންޓަރ ކޮލެޖް ފިރިހެން ފުޓްސަލް މުބާރާތުގައި ކޮލެޖްގެ ޓީމު ވާދަކޮށް މުބާރާތުގެ ދެވަނަ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ހަމަ 2015 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ އެކޭ އެއްފަދައިން ދެވަނަ ސެމިސްޓަރ ގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ތައުލީމް ހާސިލް ކުރަމުންދާ ލެވެލް 5ގެ ދަރިވަރުން ވަނީ މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ދުނިޔޭގެ ފެންވަރުގެ ފަސްތަރީގެ ހޮޓަލެއްކަމަށްވާ "ހޮޓެލް ޖެން" އަށް އަމަލީ ތަޖުރިބާގެ ޒިޔާރަތެއް ކޮށް އެތަނުގެ އެކި އެކި އޮޕަރޭޝަންތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައި އެތަނުގެ މުވައްޒަފުންނާއި އެކު އެއްދުވަސް ހޭދަކޮށްފައެވެ.

އަދި މިއަށްވުރެ ގިނަގުނަ އެތައް ތައުލީމީ ހަރަކާތް ތަކެއް ކުރިއަށް އޮތް 2016 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ އަށްވެސް ރޭވިފައިވާ ކަމަށް ކުލިކްއިން ބުނެއެވެ. އޭގެ ތެރޭގައި ދުބާއީއަށް ވުރެ ކުރިއަރާފައިވާ ޔޫރަޕްގެ ގައުމަކަށް ކުރުމަށް ހަމަޖެހިފައިވާ "ލާރނިންގ އެކްސްޕެޑިޝަން" ފާހަގަ ކޮށްލެވެއެވެ.

ކްލިކް ކޮލެޖް ހިޔާރު ކުރަންވީ ކީއްވެ؟

•ކްލިކް ކްލެޖަކީ 2001 ވަނަ އަހަރުން ފެށިގެން މަތީ ތައުލީމްގެ ހިދުމަތް ދެމުންދާ ތަޖުރިބާ ހުރި ލެކްޗަރާރސް އަދި ސްޓާފުންތަކެއް ހިމެނޭ ކޮލެޖަކަށްވުން
•މަޝްހޫރު ހަ ދާއިރާއަކުން މަތީ ތައުލީމުގެ ފުރުސަތު ކްލިކް ކޮލެޖުން ލިބިގެން ދިއުން، އެއީ ބިޒުނަސް މެނޭޖްމަންޓް، މާރކެޓިންގ، ފަތުރުވެރިކަމުގެ ދާއިރާ، އެކައުންޓިންގ، ހިއުމަންރިސޯސް މެނޭޖްމަންޓް، އަދި އިންފޮމޭޝަން ޓެކްނޮލޮޖީއެވެ.
•ގްރޭޑް 10 ނިންމާފައިވާ ކޮންމެ ދަރިވަރަކަށްވެސް މަތީ ތައުލީމްގެ ފުރުސަތު ލިބިގެންދިއުން
•ކޮލެޖްގެ ހުރިހާ ކޯސް ތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އިން ހުއްދަދީފައިވާ ކޯސްތަކަކަށްވުން