ފިނިޕޭޖް

ޑެޑްޕޫލް 3 އަށް ވުލްވަރިން އަންނަނީ

މާވެލް ސްޓޫޑިއޯގެ ޑެޑްޕޫލް އަކީ ސަކަ މިޒާޖެއްގެ ކެރެކްޓާއެކެވެ. އަދި ރަޔާން ރެނޯލްޑްސް މި ކެރެކެޓާ ކުޅެފައިވާލެއް މޮޅުކަމުން، މި ކެރެކްޓާއަށް ހެދި "ޑެޑްޕޫލް" ފިލްމް ފްރެންޗައިޒްއަކަށް ބަދަލުވިއެވެ.

މި ފްރެންޗައިޒްގެ ދެ ކާމިޔާބު ފިލްމާފަހު "ޑެޑްޕޫލް 3" މާވެލް ސްޓޫޑިއޯއިން އިއުލާންކޮށްފިއެވެ.

މި ފިލްމުގެ އެންމެ ހައިރާންކުރަނިވި ކަމަކީ މި ފިލްމުގައި މިއުޓަންޓް ސުޕާހީރޯ ވުލްވަރީންވެސް އެކުލެވޭތީއެވެ. ވުލްވަރީންގެ ރޯލް އަދާކުރާ ހިއު ޖެކްމަން އެންމެ ފަހުން މި ރޯލް އަދާކޮށްފައިވަނީ 2017 ގައި ނިކުތް "ލޯގަން" ގައެވެ. ހިއު ޖެކްމަން ވަނީ މި ރޯލް 17 ވަރަކަށް އަހަރު އަދާކޮށްފައެވެ.

މި ފިލްމުގެ އެނައުންސްމަންޓް ކްލިޕްގެ ޓްވިޓާގައި ހިއްސާކުރިއެވެ. އޭގެން ފެންނަނީ ރަޔާން އޭނާގެ އާ ފިލްމް އެހެން ފިލްމުތަކާ ތަފާތުކުރާނެ ގޮތަކާމެދު ވިސްނާތަނެވެ. އަދި ވިސްނާ ވިސްނާ އެއްވެސް އައިޑިއަރެއް ނައި ކަމަށް ބުނެއެވެ. ދެން ފަހަތުގައި ހިއު ޖެކްމަން ސިޑިން އަރަން ދަނިކޮށް "ޑެޑްޕޫލް 3" އަށް ވުލްވަރީންގެ ރޯލަށް އަލުން އަންނާނަންތޯ ސުވާލުކުރުމުން، ހިއު ޖެކްމަން ވަރަށް ފަސޭހަކޮށް އާއެކޭ ބުނެ، ކޮންމެވެސް އެއްޗެއް ކަމުން ސިޑިން އަރައިގެންދެއެވެ.

މި ކްލިޕް ނިމެނީ ވިޓްނީ ހިއުސްޓަންގެ "އައި ވިލް އޯލްވޭޒް ލަވް ޔޫ" ލަވައަށެވެ. އެކަމަކު "އައި ވިލް އޯލްވޭޒް ލަވް ޔޫ" ގެ ބަދަލުގައި ސަބްޓައިޓަލްގައި އަރަނީ " އައި ވިލް އޯލްވޭޒް ލަވް ހިޔޫ"އެވެ. ދެން ޑެޑްޕޫލްގެ ލޯގޯ މަތިން ވުލްވަރިންގެ ވަކިތައް އަޅައެވެ.

"ޑެޑްޕޫލް 3" އަކީ މި ކެރެކްޓާ މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) އާ ގުޅުވައިދޭ ފުރަތަމަ ފިލްމެވެ. ނަމަވެސް މިއީ ސިނަމެޓިކް ތޯ ނޫނީ މަލްޓިވާސްތޯ އެނގެން އަދި ނެތެވެ. މީގެ ކުރިން ވުލްވަރިން ކެރެކްޓާ ފެންނަ އެކްސް-މެންގެ ޗާލްސް އެކްޒޭވިއާ "ޑޮކްޓާ ސްޓްރޭންޖް: މަލްޓިވާސް" އިން ފެނިފައިވާތީ، ވުލްވަރިން އެމްސީޔޫ އިން ފެނުމަކީ ހަމަޖެހޭކަމަކެވެ. މާވެލްއިން މަޑުމަޑުން އެކްސް-މެންގެ ކެރެކްޓާތައް އެމްސީޔޫއާ ގުޅުވަން ރާވައެވެ.

މިއީ އެމްސީޔޫގެ ފިލްމުތަކުގެ ތެރެއިން އާރްއޭ ރޭޓިންގ ލިބޭ ފުރަތަމަ ފިލްމެވެ.

"ޑެޑްޕޫލް 3" ނެރުމަށް ހަމަޖެހިފައިވަނީ 6 ސެޕްޓެމްބަރު 2024 ގައެވެ. އެއީ "ޑެޑްޕޫލް 2" ނިކުތްތާ ހަތަރު އަހަރު ފަހުންނެވެ.