ފީފާ

ފީފާގެ ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކޮށްފި

ފީފާގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ މަގާމުން ވަކިކޮށްފި އެވެ.

މިކަން އިއުލާނުކުރުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވަނީ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިހުރި ވަލްކޭއާއެކު ފީފާއިން ހަދާފައިވާ ވަޒީފާގެ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.

ފީފާގެ އެމެޖެންސީ ކޮމިޓީން ވަލްކޭ މަގާމުން ވަކިކުރަން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ވަލްކޭ ނެތުމުން ވަގުތީ ގޮތުން ޖެނެރަލް ސެކްރެޓަރީގެ ރޯލު އަދާކުރާނީ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޑރ. މާކަސް ކަޓްނާ އެވެ.

ވަލްކޭ މަގާމުން ވަކިކުރިއިރު ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ނާއިބް ރައީސް އަދި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ވަނީ އަށް އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.

ފީފާ އަށް އާ ރައީސަކު ހޮވަން ވޯޓުލުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.