ފޮރިން މިނިސްޓްރީ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

Oct 1, 2022

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ވަތުރާ ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ފޮރިން ސެކްރެޓަރީއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފް އެވެ.

ވިނޭ މޯހަން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ މިއަދުން ފެށިގެން ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވިނޭ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ވިނޭގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވިނޭގެ މި ދަތުރުފުޅުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތައް ބައްލަވައިލައްވާ އެންމެ ފަހުގެ މައުލޫމާތުތައް ހޯއްދަވާނެ އެވެ.

އޭނާ ބައްދަލުކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބައެއް ވަޒީރުންވެސް ހިމެނެ އެވެ.