ރައްޔިތުންގެ މަޖިލިސް

މަޖިލިސް މިއަހަރަށް ހުޅުވުން އަންނަ މަހު ހަތަރެއްގައި

Jan 14, 2016

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ރައީސް ރިޔާސީ ބަޔާން ދެއްވުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ ހަތަރެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ޝެޑިއުލް ކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައިވާ މެސެޖެއްގައިވާ ގޮތުގައި ދިގު ޗުއްޓީއަކަށް ފަހު މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފަށާނީ ފެބުރުއަރީ މަހުގެ ހަތަރެއްވާ ބުރާސްފަތި ދުވަހުގެ ހެނދުނުގެ 9:00ގަ އެވެ. އެ ޖަލްސާގައި ގައުމުގެ ހާލަތާއި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ ބެހޭ ގޮތުން ރައީސް މަޖިލީހަށް ވަޑައިގެން ރިޔާސީ ބަޔާން ދެއްވާނެ އެވެ.

މަޖިލީހުގެ އިދާރާގެ ރަސްމީ ބަހެއް މިކަމާ ބެހޭ ގޮތުން ނުލިބުނެވެ.

ރައްޔިތުން މަޖިލިސް މިދިޔަ އަހަރަށް ނިންމާލައި ދިގު ޗުއްޓީއަކަށް ދިޔައީ، ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެދުވަހު މަޖިލިސް ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ، ނިމިދިޔަ މެންބަރުންނަށް 157 މައްސަލައަށް އައި އިރު، އޭގެ ތެރެއިން 149 މަސައްކަތެއް ނިންމާފައިވާ ކަމަށެވެ. މަސީހު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު މަޖިލީހުގެ މަސައްކަތްތަކަށް 97 ޕަސެންޓް ދޭން ޖެހެ އެވެ.