ދުވާފަރު

ވަޒަން ފެނުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

އިއްޔެ ރ. ދުވާފަރުގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ވަޒަންތަކެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުންނަށް ފަސް ދުވަސް ޖަހާފައިވާއިރު އެކެއްގެ ބަންދަށް ޖެހީ ހަތަރު ދުވަހެވެެ. އަނެއް މީހާގެ ބަންދަށް ޖަހާފައިވަނީ ތިން ދުވަހެވެ.

ދުވާފަރުން ވަޒަންތަކެއް ފެނިފައިވާކަން ކަށަވަރު ކޮށްދެއްވަމުން އިއްޔެ ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވެފައިވަނީ، ދުވާފަރުގައި ހިންގި އޮޕަރޭޝަންގައި ވަޒަންތަކެއް ފެނުމާ ގުޅިގެން އެކަން އެމްއެންޑީއެފްއަށް އަންގާފައިވާނެ ކަމަށެވެ. ވަޒަންތައް ފެނިފައިވަނީ ދުވާފަރުގެ ގެއެއްގެ ތެރެއިންނެވެ.

އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި ދުވާފަރުން ފެނިފައިވަނީ، ތަމްރީނުތަކުގައި ބޭނުން ކުރާ ލައިވް ވަޒަންތަކެއް ކަމަށް ބެލެވޭ އެއްޗެކެވެ. އެ ރަށުގައި އެއާ ގުޅުން ހުރި އިތުރު އެއްޗެހި ހުރިތޯ ސިފައިން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.