ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ސިންގަޕޫރަށް ފުރާވަޑައިގެންފި

Oct 12, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިންގަޕޫރަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފައި މިވަނީ ބަހްރައިން ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވިތާ ހަތަރު ދުވަސް ފަހުންނެވެ.

ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން ކުރައްވާ ދަތުރުފުޅުތައް ގިނަ ކަމުން އަބަދުވެސް އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރެ އެވެ.