އެމްއެންޑީއެފް

ހެންވޭރު ގެއެއްގައި އަލިފާން ރޯވެއްޖެ

ހެންވޭރު ޗީބޯ ކައިރީގައި ހުންނަ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ ހ.އަންދަރަސް ހަވާ ގޭގައެވެ. އެގޭގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިއަދު މެންދުރުފަހު 2:45 ހާއިރު ކަމަށާއި އަލިފާން ކޮންޓްރޯލް ކުރެވުނީ 3:00 ހާއިރު ކަމަށެވެ. އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނެއްގަ އެވެ. އެ ހާދިސާގައި އެ ތަނަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.