އެމްއޭސީއެލް

އޮސްޓްރިއާއިން ރާއްޖެއަށް އަލުން ސީދާ ދަތުރުތައް ފަށައިފި

އޮސްޓްރިއަން އެއާލައިން އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އަލުން މިއަދު ފަށައިފި އެވެ.

މިދިޔަ އަހަރު ވެސް ފިނި މޫސުމުގެ ދުވަސްވަރު އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ސީދާ ދަތުރުތަކެއް ކޮށްފައިވެ އެވެ.

ރާއްޖެއަށް އަނެއްކާވެސް ފަށާ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 200-777 މަރުކާގެ މަތިންދާ ބޯޓެވެ.

އޮސްޓްރިއާގެ ވިއެނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ތިން ދަތުރެވެ.