އެފްއެސްއެމް

ޝެޑްގެ މައްސަލަ ހައްލުކޮށްފިން: އެފްއެސްއެމް

Oct 19, 2022
2

ހުޅުމާލޭގައި އެފްއެސްއެމް އިން ހިންގާ ޝެޑުން ތެޔޮ އެޅިފަހުން އުޅަނުތަކަކަށް މައްސަލަތަކެއް ދިމާވެ އެކަމުގެ ޝަކުވާ ލިބުނު ކަމަށާއި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.

އެފްއެސްއެމްގެ ހުޅުމާލެ ޝެޑުން ތެޔޮ އެޅިފަހުން ވެހިކަލްތަކަކަށް މައްސަލަތަކެއް ދިމާވެ ފުލުހުންނަށް ވެސް ޝަކުވާ ހުށަހަޅާފައިވެ އެވެ. އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ގަސަމް ވިދާޅުވީ ހުޅުމާލެ ޝެޑުން ތެޔޮ އެޅިފަހުން މައްސަލައެއް ދިމާވެގެން އެންމެ ފުރަތަމަ ޝަކުވާ ލިބުނީ ލޯންޗެެއް ގެންގުޅޭ މީހެއްގެ ފަރާތުން ކަމަށެވެ.

ޝަކުވާ ލިބުމާ އެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރެވުނު ކަމަށާއި އަދި މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމުގެ ޔަގީންކަންވެސް ގަސަމް ދެއްވެވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ވިއްކާ ތެލުގައި އެއްވެސް މައްސަލައެއް ނެތް. ތެޔޮ ޓެސްޓް ކުރަން އަބަދުވެސް. މިކަމުގެ ތެރެއިންވެސް ބެލިން. ތެލުގެ މައްސަލައެއް ނެތް. ދެން ކުނޑި ކަހަލަ އެއްޗެއް އެޅުނީ ކަމަށް ބަލައި ޓޭންކްތައް މިހާރު ވަނީ ސާފުކޮށްފައި،" ގަސަމް ވިދާޅުވި އެވެ.