ގައްދޫ

ގައްދޫގައި ކުޑަކުއްޖަކު އޭނާގެ ކޮއްކޮގެ ބޮލަށް ވަޅި ހަރައިފި

Jan 16, 2016

ގދ. ގައްދޫގައި ކުޑަ ފިރިހެން ފިރިހެން ކުއްޖަކު އޭނާގެ ކޮއްކޮގެ ބޮލަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ. މި ހާދިސާ އައިސްފައި ވަނ މިއަދު ހަވީރު 5:40 އެހާކަންހާއިރު އެވެ. ފުލުހުން ބުނީ އެފަދަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގައްދޫ ކައުންސިލްގެ މެންބަރަކު މިރޭ ވިދާޅުވީ ވަޅި ހެރި ކުޑަކުއްޖާއަކީ 18 އަހަރުދަށުގެ އެހެން ނަމަވެސް ސިކުނޑީގެ އުނިކަމެއް ހުންނަ ބައެއް ފަހަރާ ރުޅިގަދަ ކުއްޖެއް ކަމަށާއި މިއަދު ހަވީރު ވަޅި ހެރި ހާދިސާ އައީ ގޭގައި އެކުދިންގެ ބެލެނިވެރިން ނެތް ވަގުތެއްގައި ކަމަށެވެ.

"ދެބެންނާއި އަދި ބަލަން ހުންނަ މީހަކު ބައިތިއްބާފައި ތިއްބާ ދޮށީ ކުއްޖާ ރުޅި އައިސްގެން ފިރިހެން ކޮއްކޮގެ ބޮލަށް ވަޅި ހެރީ. ބައި އިންޗި ފުނަށް ވަޅި ހެރިފައި ހުރި. އޭނާގެ ބައްޕަ އެވަގުތު އައިސް ހުއްޓުވަން އުޅުމުގެ ތެރޭގައި ބައްޕަ އަށް ވެސް އަނިޔާތަކެއް ވަނީ ވެފައި،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.

ވަޅި ހެރި ކުއްޖާއަށް ފަރުވާ ދެމުން އަންނައިރު އެކުއްޖާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ވެއެވެ.

މީގެ ހަތަރު މަސް ކުރިން ވެސް ގައްދޫގައި މީހަކު އަމިއްލަ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި އެވެ.