ދުންޔާ މައުމޫން

ހޫގޯ ސްވަޔާ މިނިސްޓަރު ދުންޔާއާ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިނގިރޭސި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު ހޫގޯ ސްވަޔާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއަށް މިއަދު ހެނދުނު ވަޑައިގެންނެވި ހޫގޯ ސްވަޔާ އާއި މިނިސްޓަރު ދުންޔާގެ ބައްދަލުވުމެއް އެމިނިސްޓްރީގައި ކުރިއަށްދާ ކަމަށެވެ.

ހޫގޯ ރާއްޖެއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ހޫގޯގެ ދަތުރުފުޅާ ބެހޭ އެއްވެސް ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމަކޮށްފަ އެއް ނުވެ އެވެ.

ރާއްޖެއަށް ހޫގޯ ދަތުރުކުރައްވަން ހަމަޖެހިފައިވަނިކޮށް ސަރުކާރުން ވަނީ ރައީސް ނަޝީދަށް އިނގިރޭސިވިލާތަށް ވަޑަިގެންނެވުމުގެ ހުއްދަ ދީފައެވެ. ރައީސް ނަޝީދަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ހުއްދަ ދިނީ، އެމަނިކުފާނުގެ މައިބަދައިގެ ސާޖަރީއެއް ހެދުމަށެވެ.