މޯލްޑިވިއަން

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް އާ 3 ބޯޓު ގެންނަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ހާއްސަ އާ ތިން ބޯޓު ގެންނަން އެ އެއާލައިނުން ނިންމައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ އެ އެއާލައިންގެ ފްލީޓަށް އިތުރު ކުރާ އޭޓީއާރު މަރުކާގެ އިތުރު ތިން ބޯޓު، ކުރިއަށް އޮތް ފެބްރުއަރީގެ ކުރިން ލިބޭނެ ކަމަށެވެ. އެއީ އޭޓީއާރް 42 މަރުކާގެ ބޯޓަކާއި އޭޓީއާރް 72 މަރުކާގެ ދެ ބޯޓެވެ.

"މަސައްކަތް މިކުރަނީ ވީހާވެސް އަވަހަށް ބޯޓު ލިބި ހިދުމަތް ފަށަން،" އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ފްލީޓަށް ގެންނަން ނިންމާފައިވާ އޭޓީއާރް 72 މަރުކާގެ ބޯޓުގައި 74 ޕެސެންޖަރުންނަށް އަދި އޭޓީއާރް 42 މަރުކާގެ ބޯޓުގައި 50 މީހުންނަށް ދަތުރުކުރެވޭނެ އެވެ.

ބައިނަލްއަގުވާމީ ދަތުރުތަކަށް އެއާބަސްގެ ބޯޓެއް ހޯދުމުގެ މަސައްކަތްވެސް މޯލްޑިވިއަނުން ދަނީ ކުރަމުންނެވެ.