މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އޮފިސަރު މަރުވީ ގެނބިގެން: ޕޮލިސް

މާފުށީގައި ތަމްރީން ހަދަމުން ދަނިކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރު މަރުވީ ގެނބިގެން ކަމަށް ފުލުހުން ބުނެފި އެވެ.

އަސާސީ ތަމްރީން ހަދަމުން ދަނިކޮށް މަރުވީ އާމިނަތު ނަޝްވާ ނަސީމް (18 އ) އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މާފުށީގައި ތަމްރީނު ހަދަމުން ދިޔަ އޮފިސަރަކު ގެނބިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށެވެ.

ނަޝްވާ މަރުވީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަަމަށް ފުލުހުން މާއުލޫމާތުދެ އެވެ.