ބްރަދަރހުޑް

ތުރުކީގެ މަޝްހޫރު މޯފޯސް ބްރޭންޑުގެ ކޮސްމެޓިކްސް އުފެއްދުންތައް ބްރަދަހުޑުން ވިއްކަނީ

Nov 3, 2022

ޔޫރަޕިއަން ސްޓޭންޑާޑަށް ތައްޔާރުކުރާ ތުރުކީގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް މޯފޯސްގެ އުފެއްދުންތައް ބްރަދަހުޑުން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ އެތައް ބްރޭންޑެއް ވިއްކަމުންދާ ބްރަދަހުޑުން މިފަހަރު ރާއްޖޭގެ މާކެޓަށް ތައާރަފް ކުރި މޯފޯސް ބްރޭންޑަކީ ހެއާ ކެއާ ނުވަތަ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ހާއްސަ ޕްރޮޑަކްޓްތައް ތައާރަފް ކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ ބްރޭންޑެކެވެ.

މޯފޯސްގެ ޕްރޮޑަކްޓް ތަކަކީ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުން ކޮށްގެން, ގުދުރަތީ މާއްދާތައް އެކުލެވޭ ގޮތަށް އިސްތަށީގެ އިތުރުން ހަންގަނޑަށް ވެސް ފައިދާވާ ގޮތަށް އުފައްދާފައިވާ އުފެއްދުންތަކެކެވެ.

މޯފޯސްގެ އުފެއްދުންތައް ބްރަދަހުޑުން ރާއްޖެއަށް އެތެރެކޮށް, މާކެޓް ކުރާއިރު, އެ ފިހާރައިން ވިއްކާ މޯފޯސް ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގެ ތެރޭގައި ޑްރައި ހެއާ ޝޭމްޕޫ, ނޯމަލް ޝޭމްޕޫ ކޮންޑިޝަނާ, ހެއާ ސްޕްރޭ އާއި ކަލާ އަދި މާސްކް ހިމެނެ އެވެ.

މީގެއިތުރުން އޮކްސިޑެންޓް ކްރީމް އާއި ހެއާ ވެކްސް އަދި ޝޭވިން ކްރީމް, ބޮޑީ މިސްޓާއި, ބިއާޑް ކްރީމް ފަދަ ގިނަ ޕްރޮޑަކްޓްތައް ހިމެނެ އެވެ.

ބްރަދަހުޑް އަކީ ގިނަ ބްރޭންޑްތަކެއްގެ މުދާ ވަރަށް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އިތުބާރު ހޯދާފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ.

މޯފޯސްގެ ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް ލިބެން ހުންނާނީ ބުރަދަހުޑްގެ ކޮސްމެޓިކްސް ފިހާރަ ތަކުންނެވެ. އެއީ ދަނބުގޯޅީގައި ހުންނަ ބްރަދަހުޑް ފިހާރައިންނާއި މަސްމާރުކޭޓުގެ ހުޅަނގުން ހުންނަ ބްރަދަހުޑް ޝޮޕް އިންނެވެ. އަދި ރީޓެއިލްކޮށް މާލެއާއި އަތޮޅުތަކުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.