ޔުކްރެއިން

ޔުކްރޭނުގެ ނިއުކްލިއާ ޕްލާންޓް އަނެއްކާވެސް ގްރިޑުން ވަކިކޮށްލައިފި

Nov 5, 2022

ޔުކްރޭނުގެ ނިއުކްލިއާ ޕްލާންޓު އަނެއްކާވެސް ގްރިޑުން ވަކިކޮށްލައިފި އެވެ.

ޔުކްރޭނުގެ ނިއުކްލިއާ ޕްލާންޓު އަނެއްކާވެސް ގްރިޑުން ވަކިކޮށްލައިފި އެވެ.

ރަޝިއާއިން ޔުކްރޭންގެ އެކި ސަރަހައްދުތަކަށް ބޮން އެޅުމަށްފަހު ޔުކްރޭނުގެ ނިއުކްލިއާ ހަކަތަ އުފައްދާ ޕްލާންޓު "ޒަޕޯރިޒްޒިއާ" ޕަވާ ގްރިޑުން ވަކިކޮށް، އެ ޕްލާންޓާ ގުޅުވިފައިވާ ހައި ވޮލްޓޭޖް ލައިނުތައް ވަނީ ކަނޑާލާފަ އެވެ.

މީގެ ސަބަބުން ނިއުކުލިއާ ޕްލާންޓް، ޑީސަލް ޖެނެރޭޓަރުތަކަށް ބަރޯސާވަން މަޖުބޫރުވެފައިވާ ކަމަށް ޔުކްރެއިންގެ ނިއުކްލިއަރ ފާމް "އެނަގޯއެޓަމް" އިން ބުނެފައިވެ އެވެ.

ޔުކްރޭނާއި އެމެރިކާ އާއި ގުޅިގެން "މިލިޓަރީ ބައޮލޮޖިކަލް" މަސައްކަތްތަކެއް ކުރިއަށް ގެންދާކަމުގެ ތުހުމަތު ރަޝިއާއިން ވަނީ ކޮށްފަ އެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ކޮމިޝަނެއް އުފެއްދުމަށް ރަޝިއާއިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް އެދިފަ އެވެ. ނަމަވެސް އެ މަޖިލީހުން ވަނީ ރަޝިއާ އެދުމަށް ދެކޮޅު ހަދާފަ އެވެ.

ޔުކްރޭންގައި ހުންނަ ނިއުކުލިއާ ޕްލާންޓްގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ސުވާލުއުފެދިފައި އޮތް އިރު ޔުކްރޭނުގެ މެދުތެރޭގެ ސިޓީއެއް ކަމުގައިވާ ކްރިވްޔި ރިހް، އަދި އިރުދެކުނުގައިވާ ސުމީ، ޚާރްކިވްއަށް ރަޝިއާއިން ހަމަލާދޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ރަޝިއާގެ ބާރުގެ ދަށުގައި އޮތް ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކެއް ކަމުގައިވާ ލުހާންސްކް އާއި ޑޮނެޓްސްކްގައި ވެސް ހޫނު ހަމަލާތައް ދަނީ ވަރުގަދައަށް ބަދަލުކުރަމުންނެވެ.