ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި މިހާރު ހުންނެވި ހާތިފް ހިލްމީ، ރިޓަޔާކުރެއްވުމަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ ޝަރަފުވެރިކަމާއިއެކު ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުން ވަކިވުމަށް ހާތިފް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މި ހުށަހެޅުއްވުމާ ގުޅިގެން ޖޭއެސްސީ އިން އަދި ގޮތެއް ނުނިންމަވާ ކަމަށާއި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވެސް އިޒްމީރާ ވިދާޅުވި އެވެ.
ހާތިފްގެ އެއްވެސް ސުލުކީ މައްސަލައެއް ބަލަމުން ޖޭއެސްސީން ބަލަމުން ނުދާކަންވެސް އިޒްމީރާ ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ހާތިފް ހަމަޖެއްސެވީ ނޮވެމްބަރު 26، 2020 ގައެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ރިޓަޔާވުމަށް ހުށަހަޅުއްވާފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ޝުއައިބް ވެސް މިދިޔަ މަހު ރިޓަޔާކުރައްވަން ނިންމަވާ ޖޭއެސްސީން އެކަން ގަބޫލުކޮށްފައި ވަނިކޮށެވެ.