މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމް ވަށައި އޮންނަ ސަރަހައްދު ހަތަރު ފުރޮޅުލީ އުޅަނދަށް މަނާ!

Jan 19, 2016
3

ކަސްޓަމް ބިލްޑިންގް ވަށައިގެންވާ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ޕާކު ކުރުން މަނާކުރަން ނިންމައިފި އެވެ.

ކޮމިޝަނާ ޖެނެރަލްގެ އޮފް ކަސްޓަމްސް (ސީޖީ) މުހައްމަދު ޖުނައިދު ވިދާޅުވީ ކަސްޓަމްސް މުވައްޒަފުންގެ ވެހިކަލްތައް ޕާކް ކުރުމަށް ހާއްސަކޮށްގެން ގެންނަ މި ބަދަލުގެ ސަބަބުން މުވައްޒަފުން ނަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މި ބަދަލު ގެނައުމަށް ކުރިން ވެސް ހައުސިން މިނިސްޓްރީއާ ވާހަކަ ދެކެވިފައިވޭ. ނަމަވެސް އެއިރު އެކަންނުވެ އޮތީ. ނަމަވެސް މިހާރު ހައުސިން މިނިސްޓްރީން ވަނީ މި ބަދަލު ގެނެސްދޭން ނިންމާފަ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަސްޓަމް ބިލްޑިންގް ވަށައިގެންވާ ސަރަހައްދުގައި ހަތަރު ފޮރުޅުލީ ވެހިކަލް ޕާކު ކުރުން މަނާކުރުމުގެ ސަބަބުން މުވައްޒަފުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު ބައެއް މުވައްޒަފުން އޮފީހަށް އައިސް ސައިކަލް ޕާކު ކޮށްލާނެ ތަނެއް ނެތިގެން ދުއްވާލަ، ދުއްވާލަ ތިއްބާ ގަޑިޖެހޭ. އެހެންވެ މި ބަދަލުގެ ސަބަބުން އެކަމަށް ފަސޭހަ ވެގެން ދާނެ،" ޖުނައިދު ވިދާޅުވި އެވެ.

ކަސްޓަމް ބިލްޑިން ސަރަހައްދަކީ ބޮޑެތި ވެހިކަލް ގިނަ އަދަދަށް ޕާކު ކުރާ ސަރަހައްދެކެވެ. އަދި މި ސަރަހައްދުގައި އަބަދު ވެސް ޓްރެފިކް ބާރު ބޮޑެވެ.