އައްޑޫ ސިޓީ

އައްޑޫގައި ޓޫރިޒަމް ފޯރަމެއް

އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޓޫރިޒަމް ފޯރަމް މިއަދު ފަށައިފި އެވެ.

އައްޑޫ ސިޓީ ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ލެގޫންގައި ކުރިއަށް ގެންދިޔަ މި ފޯރަމްގެ މަގުސަދަކީ އައްޑޫގެ ފަތުރުވެރިަކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން އެއް ތަނަކަށް ޖަމާވެ، އައްޑޫގެ ޓޫރިޒަމްގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށް އެ ދާއިރާ އިތުރަށް ކުރިއެރުވޭނެ ގޮތްތަކެއް ހޯދަން މަސައްކަތް ކުރުމެވެ.

މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ބައިވެރިވެވަޑައިގައިންފަ އެވެ. އެކަމަކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމާ ގުޅިގެން ފޯރަމުގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ފޯރަމަކީ އައްޑޫގައި ޓޫރިޒަމު ތަރައްގީކުރުމަށް ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން މި ފޯރަމުގައި ކުރެވުނު މަޝްވަރާތަކަށް ބިނާކޮށް ހާއްސަ ޕްލޭންތަކެއް އެކުލަވައިލާނެ ކަމުގައިވެސް ކައުންސިލުން ބުނެ އެވެ.