އަލިފާން

މާލޭގައި އަނެއްކާވެސް އިމާރާތެއްގައި ރޯވެއްޖެ

Nov 10, 2022

މާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާން ރޯވެފައިވަނީ ހ. ކަޅުހުރާ މަގުގައި ހުރި ފަޅު ގެއެއް ކަމަށް ހ. ސާޖުގައެވެ. އަލިފާން ރޯވީ އެ ގޭގެ ތެރޭގައި ހުރި ކުނިތަކެއްގަ އެވެ.

ރޯވި އިމާރާތް ހިމެނޭ ސަރަހައްދުގައި އުޅޭ ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި ފަޅަށް ހުންނަ އެ ގެއަކީ މަސްތުވާތަކެތީގައި ޖެހިފައިވާ ޒުވާނުން ވަދެ ނިކުމެ ހަދާ ތަނެކެވެ.

އަލިފާން ރޯވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފަ އެވެ.

އަލިފާންގެ މިހާދިސާގައި ހުޅުގަނޑު ފަޅައިގެން ހިނގައިދާނެ ކަމަށް ބަލައި ޖެހިގެން ހުރި ގެއަކުން މީހުން ވެސް ހުސްކުރި އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.