ޓެރަރިޒަމް

އައްޑޫއާއި މާލޭގައި ޓެރަރިޒަމާ ގުޅޭ އޮޕަރޭޝަނެއް

Nov 11, 2022

އައްޑޫއާއި މާލޭގައި ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ އައްޑޫއާއި މާލޭގެ އިތުރުން އައްޑޫގެ ކަނޑުގެ ސަރަހައްދުގައިވެސް އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ.

އައްޑޫގައި ބައެއް ގެތަކަށް ވަދެ ބަލައި ފާސްކުރަނީ ސިފައިންގެ ބޮން ސޮކޮޑްގެ އޮފިސަރުންނެވެ.

މި އޮޕަރޭޝަނާ ގުޅޭ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެބަދެ އެވެ.

ޓެރަރިޒަމާ ގުޅޭ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި މީހުން މެރުމަށް އެއްވެސް ޖެހިލުމެއް ނުވާ 1000 އަށް ވުރެ ގިނަ ދިވެހިން ރާއްޖޭގައި އުޅެ އެވެ.