ދުނިޔެ

އާޔަތުﷲގެ ގެކޮޅުގައި ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް

Nov 19, 2022

އިރާނަށް އިސްލާމީ އިންގިލާބު ގެންނެވި ބާނީ އާޔަތުالله ރުހުالله ހުމެއިނީގެ އާއިލީ ގެކޮޅުގައި ރޯކޮށްލައިފި އެވެ.

އިރާނުގައި މުޒާހަރާ ކުރަމުންދާ މީހުން ރޯކޮށްލާފައިވަނީ އާޔަތުﷲ ޅަފަތުގައި ދިރިއުޅުއްވި ގެކޮޅެވެ.

އެކަމަކު މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަކަށް އިރާނުގެ ކަމާ ގުޅޭ އިދާރާތަކުން ނުބުނެ އެވެ.

ރޯކޮށްލި ގެކޮޅަކީ އާޔަތުﷲގެ ހަނދާނުގައި ދާރުލްއާސާރެއްގެ ގޮތުގައި އާމުންނަށް ވަދެވޭނެހެން އާންމުކޮށް ހުޅުވާލާފައިވާ ގެކޮޅެކެވެ.

އަލިފާން ރޯކޮށްލި ސަރަހައްދުގައި އެއްވެ ތިބި އާންމުންނާ ކުރިމަތިލި ސަލާމަތީ ފަރާތްތަކުގެ ފަސް މީހަކު މަރުވި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އިރާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށިފައިވަނީ މީގެ ދެ މަހެއް ކުރިން އީރާނުގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި 22 އަހަރުގެ އަންހެނެއް މަރާލި ކަމަށް ބުނާ ހާދިސާއަށް ފަހު އެވެ.

އާޔަތުالله ރުހުالله ހުމެއިނީ 1979 ގައި އީރާނަށް ގެންނެވި އިންގިލާބަށްފަހު 1989 ވަނަ އަހަރުގެ ނިޔަލަށް އަވަހާރަވަންދެން ހުންނެވީ އެ ގައުމުގެ ރޫހީ ލީޑަރުގެ ގޮތުގަ އެވެ.

އާޔަތުﷲ އަވަހާރަވީ ދުވަސް އިރާނުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރެ އެވެ.