އަބްދުﷲ ޝާހިދު

ރައީސްގެ ސިޓީފުޅެއް ރައްދުކުރަން ޝާހިދު ޔޫއޭއީއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ޔޫއޭއީއަށް ވަޑައިގެންފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު ޝާހިދު ޔޫއޭއީއަށް ވަޑައިގަތީ އެ މަނިކުފާނުގެ ސިޓީފުޅެއް އެ ގައުމުގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ހަވާލުކުރެއްވުމަށްޓަކަ އެވެ.

ރައީސް ސޯލިހުގެ ފަރާތްޕުޅުން ޔޫއޭއީގެ ރައީސަށް އެރުއްވި މި ސިޓީފުޅުގެ ތަފްސީލެއް ދިވެހި ސަރުކާރުން އަދި ހާމަޮށްފައެއް ނުވެއެވެ.

މި ދަތުރުފުޅުގައި ޝާހިދު ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލުކުރައްވާފަ އެވެ.