މޯލްޑިވިއަން

މޯލްޑިވިއަންގެ ޓިކެޓިން އޮފީސް އަލުން ހުޅުވައިފި

ކޮވިޑް-19ގެ ބަލިމަޑުކަން އިތުރުވެ ހާލަތު ގޯސްވުމުގެ ސަބަބުން ބަންދު ކުރި މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ގަދަމޫ ބިލްޑިންގައި މިއަދު އަލުން ހުޅުވައިފި އެވެ.

މި އޮފީސް ހުޅުވާފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގަދަމޫ ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ އެ އޮފީހުގައި ކުރިއެކޭ ވެސް އެއްގޮތަށް ޓިކެޓިންގެ ހިދުމަތްތައް ކުރިއަށް ދާނެ ކަމަށެވެ.

މިގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9 އިން ހަވީރު 5 އަށް ހިދުމަތް ކުރިއަށް ދާނެ އެވެ. އަދި ހޮނިހިރު ދުވަހާއި ސަރުކާރު ބަންދު ދުވަސްތަކުގައި ހެނދުނު 9 އިން މެންދުރު ފަހު 3 އަށް މޯލްޑިވިއަން ޓިކެޓިން އޮފީހުގެ ހިދުމަތް ލިބޭނެ އެވެ.

ހުކުރު ދުވަހު މޯލްޑިވިއަންގެ ޓިކެޓިން އޮފީހުގައި ޓިކެޓް ވިއްކުން ބަންދުވާނެ އެވެ.

މޯލްޑިވިއަން ޓިކެޓިން އޮފީސް އަލުން ހުޅުވިގެން ދިޔަ އިރު އެތަނުގައި ކޯލް ސެންޓަރުގެ ހިދުމަތް ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. އެގޮތުން ކޯލް ސެންޓަރުގެ ހިދުމަތްތައް ދޭ ވަގުތު އިތުރުކޮށްފައިވާއިރު މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު 9 އިން ރޭގަނޑު 8 އަށް ކޯލް ސެންޓަރު ހުޅުވިފައި ހުންނާނެ އެވެ. ހުކުރު ދުވަހުވެސް މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ކޯލް ސެންޓަރުގެ ހިދުމަތްތައް ކުރިއަށް ދާނެ އެވެ.