ވިލުފުށި

ވިލުފުށި ފަޅުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

Nov 28, 2022

ތ. ވިލުފުށި ބަނދަރުގައި އަޅާފައި އޮތް ދޯންޏެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.

އަލިފާނުގެ ހާދިސާގެ މައުލޫމާތު ލ. ކައްދޫގައި ތިބޭ ސިފައިންނަށް ލިބިފައިވާތީ އެމްއެންޑީއެފްގެ ފަޔާމަނުން ވިލުފުށްޓަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.

އަލިފާން ރޯވާ ދިމާވި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ވެސް އަދި ލިބިފައެއް ނުވެ އެވެ.