މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ

Nov 29, 2022

ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރުގެ ޒުވާނާ ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ ނޮޅިވަރަންފަރު، ނޫރަންވިލާ، ހުސައިން އާލިމް (31އ) ފެނުނީ ރޭ 9:35 ހާއިރު މާލެއިން ނެވެ.

ޒުވާނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އާލިމް ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ މެންދުރު 2:45 ހާއިރު އެވެ.

އޭނާ ގެއްލުނު ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ނެވެ.