މޯލްޑިވްސް ޕޮލިސް ސާވިސް

މަކަރާ ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ތަހުގީގަށް ހާޒިރުވާން އަންގައި އިއުލާނުކޮށްފި އެވެ.

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހޯދަމުން ދަނީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު، އަހުމަދު ސަލީމް (41އ) އާއި ދ. މީދޫ، ދުނބުރިމާގެ، މަރްޔަމް ރާމިޒާ (35އ) އެވެ.

ފުލުހުން ބުނީ އެ ދެ މީހުން އުޅޭ ވަކި ތަނެއް ނޭނގޭތީ މައްސަލައިގެ ތަހުގީގަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. ދެ މީހުންގެ އާއިލާއަށްވެސް އެ މީހުން އުޅޭ ތަނެއް ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ މީހުން މިމަހުގެ އަށްވަނަ ދުވަހުގެ 10:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފަ އެވެ.