އެމްއެންޑީއެފް

ލަންކާ ތިން މަސް ބޯޓު އަތުލައިގެންފި

Dec 3, 2022

ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ ތިން މަސް ބޯޓު އަތުލައިގެންފި އެވެ.

މި ބޯޓުތައް އަތުލައިގަނެ މިހާރު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ބޯޓުތައް އަތުލައިގެން ކަމަށް ބުނުން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް އެމްއެންޑީއެފް އަކުން ނުދެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ބޭރުގެ އުޅަނުތައް ދޭތެރެދޭތެރެއިން އަތުލައިގަނެ އެެވެ.