ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ހަރަކާތްތަކެއް ބާއްވައިފި އެވެ.

ބީއެމްއެލް އިން މި ދުވަސް ފާހަގަކުރީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ)އާ ގުޅިގެންނެވެ.

މިދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ވަނީ ކ. ގުރައިދޫގައި ބާއްވާފަ އެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ ބައިވެރިންވަނީ މި ހަވީރުގައި ބައިވެރިވެފަ އެވެ.

މި އިވެންޓުގެ މަގްސަދަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބީއެމްއެލްއިން އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފައިވެ އެވެ.