މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ތަހުގީގަށް ފިލައިގެން އުޅޭ މީހަކު ހޯދަނީ

Dec 6, 2022

ފުލުހުންގެ ތަހުގީގަށް ފިލައިގެން އުޅޭ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ށ. ފުނަދޫ، ޑޭޒީމާ، އަހްމަދު އަޝްރަފް (20އ) އެެވެ.

ފުލުހުން ބުނީ އަހްމަދު އަޝްރަފް ހޯދަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައިވާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.

ފުލުހުން ބުނީ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވި ނަމަވެސް އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށެވެ. އަދި އާއިލާއަށްވެސް އަޝްރަފް އުޅޭ ވަކި ތަނެއް އެނގިފައި ނުވާ ކަމަށްވެސް ބުންޏެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އަޝްރަފް ހާޒިރުވާން އާންމުކޮށް އަންގާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ހެނދުނު 11:00 ޖަހާއިރު އެވެ.