ޖިންސީ ގޯނާ

ސްކޫލަކަށް ވަދެ އަންހެނަކާ ބެހުނު ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ޕްރީ ސްކޫލަކަށްވަދެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގައި ހިންގާ ޕްރީ ސްކޫލެއްގެ ތެރެއަށް ވަދެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ބިދޭސީއަކު މިއަދު މެންދުރު 11:30 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ އެކްސެލް އިންޓަނޭޝަނަލް ޕްރީ ސްކޫލް ކައިރިންނެވެ. އަދި ބިދޭސީ މީހާ ފުރައްސާރަކުރި އަންހެން މީހާ އަކީ އެސްކޫލްގެ ދަރިވަރެއްގެ ބެލެނިވެރިޔެކެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ފުރައްސާރަކުރުމުގެ އިތުރުން ބިދޭސީ މީހާ ވަނީ އަންހެން މީހާގެ ގަޔަށް ވެސް އަތްލާފަ އެވެ. އަދި އެހާދިސާ ހިނގިވަގުތު ބަޔަކު މީހުން ބިދެސީ މީހާ ހިފަހައްޓާ އޭނާއަށް އަނިޔާ ކޮށްފައިވެ އެވެ.