ބޮލީވުޑް

ސާރާ އާއި އަދިތުޔާގެ ފިލްމީ ޖޯޑު ބެލުންތެރިންނަށް ކަމުދާނެބާ؟

ބޮލީވުޑްގެ މުޅިން އާ ޖޯޑުތަކެއް 2023ގައި ރިލީޒްކުރާ ފިލްމުތަކުގައި މަސައްކަތްކުރާނެ އެވެ. އެގޮތުން މުޅިން ތާޒާ އާ ފިލްމީ ޖޯޑު ތަކުގެ ތެރެއަށް އިތުރުވި ދެ ނަމަކީ އަދިތުޔާ ރޯއި ކަޕޫރާއި ސާރާ އަލީ ޚާން އެވެ.

އިއްޔެ އިއުލާންކުރި ޑައިރެކްޓަރު އަނުރާގް ބާސޫގެ "މެޓްރޯ... އިން ޑީނޮން"ގެ ތަރިންނަކީ ސާރާ އާއި އަދިތުޔާ އެވެ.

"މެޓްރޯ އިން ޑީނޮން" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު އަނުރާގު ބާސޫ ބުނީ މިއީ އާދައިގެ މީހުންގެ ދިރިއުޅުމާއި އެމީހުންގެ ވާހަކަތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ. ބޫޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމު އުފެއްދުމުގެ މަސައްކަތްތައް ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދެނީ ޕްރީތަމް އެވެ.

ސާރާގެ އެއްވެސް ފިލްމެއް މިއަހަރު އަހަރު ރިލީޒްކޮށްފައެއް ނުވެ އެވެ. ނަމަވެސް ކުރިޔަށް އޮތް އަހަރަކީ އޭނާގެ ރަނގަޅު ފިލްމުތަކެއް ރިލީޒްކުރާނެ އަހަރެއް ކަމަށް ބެލެވެ އެވެ. އެގޮތުން ވިކީ ކޯޝަލް އާއެކު ކުޅޭ އަދި ނަމެއް ނުކިޔާ ފިލްމަކާއި ވިކްރާންތު މެސީ އާއެކު ކުޅޭ "ގޭސްލައިޓް"ގެ މަސައްކަތް ސާރާ މިހާރު ކުރަމުން ގެންދެ އެވެ.