ރައީސް މުހައްމަދު ނަޝީދު

އޭޕީޑީޔޫގެ ޗެއާމަންގެ މަގާމަށް ނަޝީދު

Dec 8, 2022

އޭޝިއާ ޕެޝިފިކް ޑިމޮކްރެޓިކް ޔޫނިއަން (އޭޕީޑީޔޫ)ގެ ޗެއާމަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފި އެވެ.

މިޖަމާއަތުގެ މެންބަރުންގެ ގޮތުގައި މިވަގުތު 15 ގައުމެއްގެ 15 ޕާޓީ ހިމެނެ އެވެ.

ރާއްޖެ ތަމްސީލް ކުރަނީ ހަމައެކަނި އެމްޑީޕީ އެވެ. މީގެއިތުރުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ -- ބީޖޭޕީވެސް މިޖަމިއްޔާގައި ހިމެނެ އެވެ.

އޭޕީޔޫޑީ އަކީ ސެންޓާ ރައިޓް ނުވަތަ ކަނާތު މެދު ފިޔައިގެ ސިޔާސަތުތަކަށް ތާއީދުކުރާ ޕާޓީތައް ބައިވެރިވާ ޖަމާއަތެކެވެ.

މިޖަމާއަތުގައި ޗެއާމަނަކަށް އެންމެ ފަހުން ހުންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެެވެ.