އެމްއޭސީއެލް

ބްލެކްޖެޓްގެ ދަތުރުތައް ރާއްޖެއަށް

ރަޝިއާގެ މޮސްކޯއިން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބްލެކްޖެޓްގެ ދަތުރުތައް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ބްލެކްޖެޓްގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅިގެން މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް އައުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރަޝިއާ އަކީ މިވަގުތު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މިއަހަރު އެކަނިވެސް ރަޝިއާ އިން
ރާއްޖެއަށް ޒިޔާޔަތްކުރި ފަތުރުވެރިންގެ އަދަދު ހުރީ 12.2 އިންސައްތައިގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،524،265 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެންމެ ގޯސް ހާލަތުގައި މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 1،520،060 ފަތުރުވެރިންނެވެ. ބަޖެޓުގައި އަންދާޒާކޮށްފައިވަނީ މޮޑަރޭޓް ހާލަތުގައި މިއަހަރު ރާއްޖެއަށް 1،632،432 ފަތުރުވެރިން އަދި އެންމެ ރަނގަޅު ހާލަތުގައި 1،835،047 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ.