ދުނިޔެ

ޔުކްރޭން ހަނގުރާމަ ހުއްޓުވޭނީ ޕޫޓިންއަށް ހެޔޮކޮށް ހިތައިގެން: ޖަރުމަނުގެ ޗާންސެލަރު

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުރެއްވުން ދޫކޮށް ނުލައްވާނެ ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެެވެ.

ޗާންސެލަރު ވިދާޅުވި ގޮތުގައި ޕޫޓިންއާ ގާތް ގުޅުމެއް ބާއްވައިގެން ނޫން ގޮތަކަށް ޔުކްރޭން ހަނގުރާމައާށް އަވަސް އައްލެއް ނެތެވެ.

"އަހަރެމެންގެ ނަޒަރިއްޔާ މުޅިން ތަފާތު،" އޯލަފް ޝޯލްޒް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ޕޫޓިންއާ މަޝްވަރާކުރުން ދޫކޮށްލެވެން ނެތީ ޔުކްރޭން ހަނގުރާމަ ހުއްޓުވަން އޮތް އުންމީދެއްގެ ބޮޑުކަމުން" ކަމަށް ޗާންސެލަރު ވިދާޅުވި އެވެ.

ޗާންސެލަރު އަދި ވިދާޅުވީ ޕޫޓިންއާ މަޝްވަރާކުރާ ކޮންމެ ބަޔަކީ ރަޝިއާއަށް ހެޔޮ އެދިގެން އަދި ރަޝިއާއިން މަންފާއެއް ހޯދަން އުޅޭ ބައެއް ކަމަށް ބުނުމަކީ ހަގީގަތެއް ނޫން ކަމަށެވެ. އެކަމަމު މަޝްވަރާ ނުކޮށް ތިބެން ހަދައިގެން ކަޅުފޮއި ހާލަތުން [ޔުކްރޭން ހަނގުރަމަ ނިންމުން] އަރައިނުގަނެވޭނެ ކަމަށްވެސް ޗާންސެލަރު ވިދާޅުވި އެވެ.

ޕޫޓިންއާ މަޝްވަރާ ކުރެއްވުމުގައި އަބަދުވެސް އޮންނަނީ ސަކަ މިޒާޖެއް ކަމަށް ޗާންސެލަރު ވިދާޅުވާ ވިދާޅުވުން މިފަހަރު ވެސް ތަކުރާރު ކުރެއްވި އެވެ. އެހެން ނަމަވެސް، ޗާންސެލަރު ވިދާޅުވި ގޮތުގައި ހުރިހާ ކަމެއް ނިމިގެންދަނީ އެހާ ހިތްގައިމު ގޮތަކަށް ނޫން ކަމަށެވެ.

ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭނުން ބައެއް ރަޝިއާއަށް ލިބެން ޖެހޭ ކަމަށް ޗާންސެލަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޕޫޓިން ހުންނެވީ ގަދަބާރުން ނަމަވެސް ޔުކްރޭނުން ބައެއް އަތުލައިގަންނަ ގޮތަށް ކަމަށެވެ.

ރިޕޯޓްތަކުން އެނގެން އޮތް ގޮތުގައި އޯލަފް ޝޯލްޒް އާއި ޕޫޓިން އެންމެ ފަހުން މަޝްވަރާ ކުރެއްވީ ޑިސެމްބަރު ދޭއްގަ އެވެ.

މަޝްވަރާ ކުރެއްވުމުގެ ތެރޭގައި ޔުކްރޭންގެ މަދަނީ ބިނާތަކަށް -- ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ސްކޫލް ހޮސްޕިޓާތަކަށް ހަމަލާދިނުން ޗާންސެލަރު ކުށްވެރި ކުރެއްވި އެވެ.

ޗާންސެލަރު ވިދާޅުވި ގޮތުގައި ޕޫޓިންއާ އަދިވެސް މަޝްވަރާ ކުރައްވާނެ އެވެ. އެ ނޫން ގޮތެއްގައި ޔުކްރޭން ހަނގުރާމައަށް އަވަސް ހައްލެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.