މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނާޒިމް ފޯމު ހުށަހަޅުއްވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ފޯމު ހުށަހަޅުއްވައިފި އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު އެޕާޓީން ހުޅުވާލީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެ ފުރުސަތު ވަނީ މާދަމާގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަންޏެވެ.

އެމްއެންޕީން ގެންދަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް މުޅި ރާއްޖެއަށް އެމްއެންޕީ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ -- އެމްއެންޕީއަށް 10،000 މެންބަރުން ހަމަކުރެވިފައިވާ ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.

އެމްއެންޕީން ވަނީ އެ ޕާޓީ އަކީ އިދިކޮޅު ޕާޓީއެއް ކަމަށް ރަސްމީކޮށް އިއުލާންކޮށްފަ އެވެ.