އިލެކްޝަންސް ކޮމިޝަން

ޑީއާރްޕީ އުވާލުމުގެ އެންމެ ފަހުގެ މަސައްކަތް ފަށައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އެ ޕާޓީ އުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލިޔުމުން އަންގާފަ އެވެ.

ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ޑީއާރްޕީއަށް ގާނޫނުގެ ދަށުން ދެވުނު ތިން މަސް ދުވަހުގެ މުއްދަތު އޮކްޓޫބަރު 25، 2022 އަށް ހަމަވިއިރު 3،000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ގާނޫނުގެ ދަށުން އެ ޕާޓީ އުވާލުމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރްޕީގެ ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.