ހަބަރު

އޭލެވަލްގެ ކިޔެވުން މާޗު މަހު ފަށަނީ

އޭލެވަލްގެ ކިޔެވުން އަވަސްކޮށް މިއަހަރު މާޗު މަހުގައި ފަށާގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފި އެވެ.

މީގެ ކުރިން އޭލެވަލް އިމްތިހާނަށް ކިޔާވާ ކުދިންގެ ކިޔެވުން ފެށެނީ ޖޫން މަހުގަ އެވެ. ނަމަވެސް އެތާރީހު އަވަސް ކޮށް މާޗް މަހުގައި ފަށަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ކުރިން ވަނީ ވިދާޅުވެފައެވެ. މިނިސްޓްރަރު ވިދާޅުވެފައިވާ ގޮތުގައި ދުވަސް ބަދަލު ކުރަން ނިންމެވީ ދަރިވަރުން އޯލެވަލް އިމްތިހާނަށް ފަހު އޭލެވަލް ފެށުމާ ދޭތެރޭ ގިނަ ދުވަސްތަކެއް ހޭދަވާތީ ކުދިން ކިޔެވުމަށް ހުންނަ ސަމާލުކަން ކުޑަވާތީ ކަމަށެވެ.

އޭލަވަލް އިމްތިހާންގެ ކިޔެވުން އަވަސް ކޮށްފައިވާ އިރު މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިދިޔަ އަހަރު އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވުނު އޯލެވަލްގެ ނަތީޖާތަށް ވެސް މިހާރު ވަނީ ދޭންފަށައިފަ އެވެ.