މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ރިސްކް މެނޭޖްމަންޓް ފޯރަމް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެންޓަޕްރައިޒް ރިސްކް މެނޭޖްމެންޓް ފޯރަމް" މިއަދު ހެނދުނު ފަށައިފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމުގެ ޕެނަލިސްޓުންގެ ތެރޭގައި އެމްޕީއެލްގެ ވެރިންގެ އިތުރުން މި ދާއިރާއާއި ގުޅޭ ގިނަ ތަޖުރިބާކާރުން ހިމެނެ އެވެ.

ފޯރަމުގެ މަގުސަދަކީ އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް (އީއާރްއެމް)ގެ މުހިންމު ކަމަށް އަހުލުވެރިކަން އިތުރުކޮށް ރިސްކް މެނޭޖްމަންޓަށް ދޭ އަހަމިއްޔަތުކަން އިތުރުކުރުން ހިމެނެ އެވެ.

އީއާރްއެމް ފޯރަމްގެ ޕެނަލިސްޓުން:

  • އާސިމް މުހައްމަދު: ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް
  • ޝާހިދު އަލީ: އެމްޕީއެލްގެ ސީއީއޯ
  • މުހައްމަދު މުއިއްޒު: އެމްޕީއެލްގެ ޗީފް ފައިނޭންސިން އޮފިސާ
  • އިބްރާހީމް ޒާހިރު: އެމްޕީއެލްގެ ޗީފް ރިސްކް އޮފިސާ
  • އިބްރާހީމް ފަޒީލް: އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް އޮޑިޓާ ޖެނެރަލް
  • އަބްދުﷲ ލީމާން ޒާހިރު: މޯލްޑިވިއަންގެ ޗީފް އިންޓާނަލް އޮޑިޓާ
  • މުހައްމަދު ޝަރާހު: އެޗްޑީސީގެ ފައިނޭންޝަލް ކޮންޓްރޯލާ
  • އައިޝަތު ނިހާ: އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރު

މި ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނިން މިފަދަ ފޯރަމެއް އިންތިޒާމު ކުރީ ފެށުމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރިސްކް މެނޭޖްމަންޓާ ގުޅޭ އިތުރު ބައްދަލުވުންތައް ބޭއްވުމަކީ އުންމީދެއް ކަމުގައި ވިދާޅުވި އެވެ.