ހަބަރު

ފުވައްމުލަކުގައި މީހަކު ދަންޖެހުނު މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ޏ. ފުވަމުލަކުގައި މީހަކު ދަންޖެހިގެން މަރުވި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ

"ވަގުތު އޮންލައިން" ނޫހުގައި މިއަދު ރިޕޯޓްކޮށްފައިވާ ހަބަރެއްގައި ބުނެފައި ވަނީ އެމީހާ މަރުގެ މައްސަލާގައި 20 އަހަރުގެ އަންހެނަކު ފުވައްމުލަކުން ހައްޔަރުކުރި ކަމަށެވެ. އެނޫހުގައި ބުނެފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކުރި މީހާގެ މުއްދަތު ދެފަހަރެއްގެ މަތިން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެމީހާގެ މުއްދަތު ެސް ޖަހައިދީފައިވާއިރު މިއަދުވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަން ދޮގުކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގއި ބުނީ މިމަހު ތިނެއްގައި ފުވައްމުލަކު ފަޅު ގެއެއްގެ ތެރޭގައި ދަންޖެހިގެން މަރުވެފައިވާ ޒުވާނެއްގެ މައްސަލާގައި އެރަށުން 20 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވަގުތު ނޫހުން ބުނި ނަމަވެސް އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި ހައްޔަރު ކުރި ކަމަށް ވަގުތު ނޫހުން އެބުނާ އަންހެން މީހަކީ ފުލުހުން ބަލަމުންދާ އެހެން މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

"..ފުލުހުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރެވޭ މީހުންގެ މަޢުލޫމާތާއި ފޮޓޯ އަދި މައްސަލައިގެ ބާވަތް ފުލުހުންގެ އިދާރާއިން ކަށަވަރު ކުރުމެއްނެތި އެކި އެކި ފަރާތްތަކާ ޙަވާލާދީ ޢާއްމުކޮށް ހާމަކުރުމަކީ އެކަމުގެ ސަބަބުން އެތައް ބައެއްގެ ޙައްޤުތައް ގެއްލި މަޞްލަޙަތު ގެއްލިގެންދާނެ ކަމެއް،" ފުލުހުން ބުންޏެވެ.